ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާން ސަލާމަތްވުމުގެ އުންމީދު ޑޮކްޓަރުން ކަނޑައިލައިފިއެވެ. އެކްސިޑެންތަށްފަހު އީމާން އޮތީ ހޭނާރާ ވެންޓިލޭޓަރުގައެވެ. ބައެއް މީޑިއާތަކުން އޭނާ ނިޔާވެއްޖެކަމަށް ރިޕޯޓްކުރިނަމަވެސް، އާއިލާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
އީމާން އެކްސިޑެންޓްވީ ހުޅުމާލެ ކުރެނދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓި ގެންނެވެ. އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އީމާންގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރުވެސް އާންމު ވީޑިއޯއިން ފެނެއެވެ. އޭނާއަށް އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލު ކޮށްފައެވެ.
މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އަންނަނިކޮށް ބަންޕަރެއް މައްޗަށް އެރިތަނާ ކަހާލައިގެން ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ގިނަ މެމްބަރުންތަކެއްވެސް ތިބީ ހޮސްޕިޓަލުގައެވެ.
ކޮމެންޓު ފޮނުވާ