ރައީސްގެ ސާޖަރީއަށް، ޤައުމުގެ ހިންގުން ނައިބް ރައީސާއި ހަވާލުކުރައްވަނީ

ރައީސްގެ ސާޖަރީއަށް، ޤައުމުގެ ހިންގުން ނައިބް ރައީސާއި ހަވާލުކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 09:31
0

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާއިބު ރައީސްއާ ހަވާލު ކުރައްވަން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ ތައިރޮއިޑަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިމަގުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ސޯލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތީން މާދަމާ ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުޔމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެކަމަށްވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި އަލުން ހަވާލުވާންވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ.

ރައީސް މިއަދު ސިންގަޕޫރަށް ފުރައި ވަޑައިގަންނަވާއިރު، މީގެ ހަފްތާއެއް ދުވަސް ކުރިންވެސް އެމަނިކުފާނު ވަނީ 5 ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

ތައިރޮއިޑް ހުރިކަން ނޭނގި ގިނަ ދުވަސް ވެއްޖެ ނަމަ ނުވަތަ ފަރުވާ ނުކޮށް ގިނަ ދުވަހު ބަހައްޓައިފި ނަމަ ޑިޕްރެޝަން އާއި ވަރުބަލިވުމާއި ހުޅުތަކުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ބަރުވުން އަދި ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަމާ ކުރިމަތިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.