އަބީޝޭކްވެސް ކުރިކެޓް ކުޅުންތެރިއަކަށް!

އަބީޝޭކްވެސް ކުރިކެޓް ކުޅުންތެރިއަކަށް!

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2022 12:21
0

ކްރިކެޓަށް އިންޑިއާގައި އޮންނަ ފޯރީގައި، މިހާރު ބޮލީވުޑުން އަންނަނީ ކްރިކެޓާއި ކްރިކެޓް ކުޅުންތެރިންނާ ގުޅޭގޮތުން ތަފާތު ފިލްމުތައް އުފައްދަމުންނެވެ.

އެގޮތުން ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވެސް ކްރިކެޓްގެ ތިން ފިލްމެއް އެބައޮތެވެ. "ޖާޒީ"، "ޝާބާޝް މީތޫ" އަދި "ޗަކްދޭ އެކްސްޕްރެސް" އޮތީ އެޅުވުމަށް ތާވަލު ކޮށްފައެވެ.

މި އާއެކު އަނެއްކާވެސް މި ވަނީ އައު ފިލްމްއެއް އިއުލާން ކޮށްފައެވެ. މިފަހަރުގެ ފިލްމުން އެކްޓަރ އަބީޝޭކް ބައްޗަން ކްރިކެޓް ކޯޗެއްގެ ރޯލުން ފެނިގެން ދާނެއެވެ. މިއީ އަބީޝޭކް ކުޅޭ މިފަދަ ފުރަތަމަ ފިލްމެވެ.

ފިލްމުގައި ލީޑްރޯލުން އަބީޝޭކާއެކު ޝާބާނާ އާޒްމީ އަދި ޝައިޔާމީ ކޭރް ފެނިގެން ދާނެއެވެ.

އެންމެ ފަހުން އަބިޝޭކް ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒްކުރި "ބޮބް ބިސްވާސް" އިންނެވެ. އޭނާ މިހާރު ދަނީ އެނާގެ ކާމިޔާބު ޓީވީ ސީރީޒް "ބްރެތު: އިން ޓު ދަ ޝެޑޯޒް"ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.