ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އިމާރާތް ކުރުމަށާއި 2 ސްކޫލެއްގައި ހޯލު އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އެޅުމަށް ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި މި މަސައްކަތް ނިންމުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ ކުންފުނިން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް މާކެޓިން ހަސަން އިބްރާހިމްއެވެ.
ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.
މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ.
1/2 pic.twitter.com/pBGSZngkMg— Ministry of Education (@MoEdumv) February 22, 2022
މިއަދު ވަނީ ހދ.ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ކުރުމަށް ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާވެސް ހަވަލުކޮށްފައެވެ. އެ ކުންފުނިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީއެވެ. 1 އަހަރުދުވަހުގެ ތެރޭ މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ނުވަ މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އަދި މިއަދު ވަނީ ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ. މިގޮތުން މި މަސައްކަތް ކުރުމަށްޓަކައި އެގާރަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން ވަހީދުއެވެ.