ރައީސް ޔާމީން ހައްޔަރުކޮށް، ހުކުމް ކުރުމަކުން، އިންސާފު ޤާއިމެއް ނުކުރެވޭނެ: ޝިޔާމް

ރައީސް ޔާމީން ހައްޔަރުކޮށް، ހުކުމް ކުރުމަކުން، އިންސާފު ޤާއިމެއް ނުކުރެވޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2022 02:00
0

ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށް، ހުކުމް ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ އިންސާފުގެ ދަތުރު ގާއިމްކުރެވުންކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދެކޭ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ޝަރުއީ ދާއިރާ ހިސޯރުކޮށް، މުޅި ނިޒާމު އެއްކޮށް ހައިޖެކް ކޮށްގެން ތިބެ އިންސާފުގެ ވާހަކަ ދައްކަން މިސަރުކާރުން ލަދު ގަންނަން ޖެހޭކަމަށެވެ.

ވެރިކަމަށް އައުމުގެ ކުރިން އެންމެ ބާރަށް ދެއްކި ވާހަތަކަކީ އިންސާފު ގާއިމް ކުރުމަށް ރާއްޖޭގެ ޝަރުއީ މަރުހަލާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ވާހަކަ ކަމުގައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ވާހަކަ ކަމުގައެވެ. ނަމަވެސް ވެރިކަމާއި ހަވާލުވިތާ ތިން އަހަރު ފާއިތުވެ ވެރިކަން ނިމުމާއި ހަމަޔަށް ގާތްވެފައިވާއިރުވެސް ފެނިގެންދަނީ، ޖުޑީޝަރީއަށް ސިޔާސީ ނުފޫޒުން އިންތިހާއަށް އޮތްތަން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލު ކުރާ އިންސާފަކީ ރައީސް ޔާމީން ހިފާ ހައްޔަރުކޮށް ޖަލަށް ލުންކަމަށާއި، ނަމަވެސް މިއީ ވެފައިވާ ވައުދުތަކުގައި ހިމެނޭ އިންސާފެއްތޯ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން ޔާމީންގެ ފަހަތުން ދުވެގެން ރައްޔިތުންނަށް ހޯދައިދޭވޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ އެވެ.

އެމްޑީޕީގެ މެމްބަރުންނަށް ހީވާ ކަހަލަ ރައީސް ޔާމީން ކަރުގައި ހިފައިގެން ނުވަތަ ހައްޔަރު ކުރެވުނީމާ ރާއްޖޭގައި އިންސާފު ގާއިމުކުރެވުނީ ކަމަށް. އަތު ޖެހޭ ކޮންމެ ޕޯޑިއަމެއްގައި ކޮންމެ މައިކެއްގައި ރައީސް ޔާމީން ހައްޔަރު ކުރާ ވާހަކަ އާއި ޖަލަށް ލާ ވާހަކަ. އެއީތޯ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އައި ބަޔަކު ގޮވަން ޖެހޭ ވާހަކައަކީ؟

– ޝިޔާމް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަކީ އެމްޑީޕީން މީގެ ކުރިން ވަރަށް ގަދައަށް ވަކާލާތު ކުރަމުން އައި ކަމަކެވެ. އެއީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.