ޖަސްޓިން ބީބާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޖަސްޓިން ބީބާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2022 10:18
0

މަޝްހޫރު ލަވަކިއުންތެރިއާ ޖަސްޓިން ބީބާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލަސް ވޭގަސްގައި އަންނަ އާދިއްތަ ދުވަހުގައި ޕާފޯމް ކުރުމަށް ތައްޔާރު ވަމުން އަންނަނިކޮށް ބީބާ އާއި އެކުގައި ޓީމުގެ ބައެއް މެމްބަރުން ކޯވިޑްއަށް ވަނީ ޕޮޒިޓިވް ވެފައިއެވެ.

ނަމަވެސް ބީބާގެ ހާލު ރަނގަޅު ކަމަށާއި އާދައިގެ އަލާމާތްތަކެއް ފެންނަ ކަމަށް ވަނީ ބުނެފައިއެވެ. އަދި ހަމަ އެހެންމެ ޝޯވ ވެސް މިހާރު ވަނީ ފަސްކޮށްފައެވެ. ބީބާ އަށް ކޯވިޑް ޖެހުމާއި ގުޅިގެން "ޖަސްޓިން ވޯލްޑް ޓުއަރ" ޝޯ މިހާރު ވަނީ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ފަސްކުރެވިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.