ރިތިކް ލޭ ހަދިޔާ ކޮށްފި

ރިތިކް ލޭ ހަދިޔާ ކޮށްފި

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2022 06:10
0

ބޮލީވުޑްގެ ސުޕަރސްޓާ ރިތިކް ރޯޝަން ލޭ ހަދިޔާ ކޮށްފިއެވެ.

އޭނާ ލޭ ހަދިޔާ ކުރަނިކޮށް ނަގާފަައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. މި ފޮޓޯ އިންސްޓަގްރާމުގައި ހިއްސާ ކުރަމުން ރިތިކް ބުނެފައިވަނީ އޭނާގެ ގައިގައި ހުންނަނީ ވަރަށް މަދު މީހެއްގެ ގައިގައި ހުންނަ ވައްތަރުގެ ލެޔެއް ކަމަށެވެ. ރިތިކްގެ ގައިގައި ހުންނަނީ ބީ ނެގެޓިވް ލެއެވެ.

މިއީ ދުނިޔޭގައި ދެވަނައަށް އެންމެ މަދުން ލޭގެ ގުރޫޕެވެ. އެންމެ މަދު ލޭގެ ގުރޫޕަކީ އެބީ ނެގެޓިވް އެވެ.

ރިތިކް ބުނެފައިވަނީ އެވައްތަރުގެ ލޭ ވަރަށް ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށާއި އެހެންވެ ލޭ ހަދިޔާ ކުރަން ނިންމީ ކަމަށެވެ. އަދި ލޭ ހަދިޔާ ކުރުމުން ވެސް ފައިދާ ލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ރިތިކް މިހާރު ކުރަމުން އަންނަނީ "ވިކްރަމް ވޭދާ"ގެ މަސައްކަތެވެ. މި ފިލްމްގައި އޭނާ އާއެކު ފެނިގެން ދާނީ ސައިފް އަލީ ޚާންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
جزكالله خيرن
ހ ހުސެއިން
މަވެސް ކޮންމެ 3 މަހަކުން ލޭ ހަދިޔާ ކުރަން