ރާއްޖޭގައި ފުލުހުންގެ ބާރުކެނޑި، ކުށްވެރިންގެ ބާރުވަނީ ގަދަވެފަ: އުމަރު

ރާއްޖޭގައި ފުލުހުންގެ ބާރުކެނޑި، ކުށްވެރިންގެ ބާރުވަނީ ގަދަވެފަ: އުމަރު

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2022 08:08
0

ރާއްޖޭގައި މިހާރަކަށް އައިސް ސަލާމަތީ ކަންކަން ބަކަހައްޓަން ތިބި ދިވެހި ފުލުހުންގެ މައްޗަށް ކުށްވެރިން ބާރުގަދަކޮށްފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ފުލުހުންނަށް އަމާޒުކޮށް، އިންޒާރު ދީގެންނާއި، އިންޒާރަކާއި ނުލައިވެސް ދެމުންދާ އެކި ގެެއްލުންތަކާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. އުމަރު ވިދާޅުވީ މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އަމާންކަން ބަލަހައްޓަން ތިއްބެވި ފުލުހުންގެ މައްޗަށް ކުށްވެރިން ކުރި ހޯދަމުންދާތަން ފެންނަމުން ދާކަމަށެވެ.

ވަކި ހާދިސާއަކަށް މިސާލު ނަންގަވަމުން އުމަރު ވިދާޅުވީ ނ.މިލަދޫގެ ގެއެއްގައި، މިދިޔަ އަހަރު ރޯކޮށްލާފާއިވާއިރު، ބްރާސްފަތި ދުވަހުގެރޭ ފުލުހެއްގެ ވެހިކަލުގައި ރޯކޮށްލާފައިވަކަމަށެވެ. މިދެކަމަކީވެސް ޑްރަގުގެ ވަބާގައި ޖެހިފައިވަ ޑްރަގު ޑީލަރުން ހިންގާ ހަރަކާތްތަކަށްވާއިރު، މިކަން ހުއްޓުވުމަށް ސަލާމަތީ ބާރުތައް މިއަދު ފަހަތަށް ޖެހިފައިވާކަމީ ފެންނަމުންދާ ހަގީގަތް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ހުއްޓުވާނީ އެނާއަކަމަށާއި، ހައްލަކީވެސް އޭނާކަމަށެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހު 19 ދުވަހުގެރޭ ނ.މިލަދޫ މުޝްތަރީ ގޭގައި އަލިފާން ރޯކޮށްލާ އެގެ މުޅިން އަދައިގެން ދިޔަ. އޭގެ ދެމަސްފަހުން، ރޭ ހަމަ އެރަށު ފުލުހެއްގެ ސައިކަލް އެއްގައި ރޯކޮށްލައިފި. މި ދެކަންވެސް ހިންގީ ޑްރަގް ޑީލަރުން އިންޒާރު ދިނުމަށްފަހު. ރާއްޖޭގެ އެތަށް ރަށެއްގެ ހާލަތަކީ މިއީ. ފުލުހުންގެ ބާރުކެޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފަ. އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މިކަން ޙައްލު ކޮށެއްނުދެވުނު. 'ޙައްލަކީ ޢުމަރު'.

– އުމަރު ވިދާޅުވިއެވެ.

ނ. މިލަދޫގައި ބްރާސްފަތި ދުވަހުގެރޭ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފިއެވެ. ފުލުހެއްގެ ސައިކަލައި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން، އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރޯކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށެވެ. ބަޔަކު މީހުން އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އިންޒާރުދީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޯހަލާކު
އުމަރަށް ވާނީ ، އުމަރަށް ޤައުމުގެ ޒުވާން ޖީލު ހަލާކުވިޔަ ނުދީ ހަމަ މަގަށް އުޅުވޭނީ، އުމަރަކީ ކެރޭ ޤާބިލް މީހެއް. އުމަރު ނަޞީރު 2023 އިންޝާ ‏‏ﷲ
އ އަދުރޭ
އުމަރުގެ އަނިޔާވެރިކަން މާބޮޑު ސިފައިންގޭން ބޭރުކުރީވެސް އެތައްބައެއްގެ ބެކުބޯނު ދުއްވާ ލާގެން މިނިސްޓަރުކަން ލިބުނީމާ މީހުން ނިޒާމުންގައްލުވާލާފި މީވާ ފުކެއް ބޮޑުވަރު މީދެން ކާކުބަލާގަންނާނެ މީހެއް
ޙ ޙައްގުބަސް
ޢުމަރު ނަސީރު ގެ އަނިޔާއިން ބެކްބޯން ދިޔަ އިންސާނެއް މި ދުނިޔޭން ފެނުނު ލޮލެއް ނެތް. ޢުމަރު ހޯމް މިނިސްޓަރު ކަމުގައި ގޭމްގު ތައް ހުއްޓުވުމަށް ކުރަން ރޭވިހާ ކަމެއް ހުއްޓުވީ އޭރުގެ ސަރުކާރުންކަން ޅަލުދިނނަށް ވެސް މިއަދު އެނގޭ.
ހ ހޯލި
ތިކަން ހައްލުކުރަން އުމަރު ނުކުތީމަ އުމަރުގެ ފިޔަކޮށާލި މަތިން ހަދާން އެބަހުރިތޯ؟ ފަހަތައް ޖެހޭކަށްނޫންތޯ ޖެހުނީ.
ކ ކުމާރު
1000 ޕަސެންޓްގެ ވާހަކައެއް... އަޅުގަނޑުމީ ތިޔަ ގުރޫޕެއްގެ އުނދަގޫ ރިޕޯޓްކުރަން މިދިޔަ ހަފްތާގައި ޕޮލިހަށްް ދިޔަމީހެއް. ރިޕޯޓް ލިޔަން ބިރުން އުޅުނީ، ޕޮލިހުން.... 4 ގަޑިއިރު ބައިންދާފަައި ލަސްވީ ކީއްވެތޯ އެހީމާ ބުނި އެކަމަށް އުޒުރުވެރިވާ ކުދިން ކުދިން އުޅެނީއޭ.... ރައްޓެހި ޕޮލިހެއް އެތަނުުން މިހެން ބުނީ..
ބ ބުލްބުލް
ތަންތާ ތިބި ބުރާންތިންނާއި ގަމާރުން ގެނެސް އެކަންތަކަށް ކުފޫހަމަނުވާ މީހުންލީމަ މުޅި ސިސްޓަމް ވާނީ މިހެން. މަދު މީހަށް ތިތަން ހިންގުނަކަސް ކޮންމެ ކޮންމެ މީހަކަށް ނުވާނެ. ތި ކިއްޗަޅޭއަކީ ވަރަށް މަކަރާހީލަތުން އުޅޭ އަޑިނުބައި އިންސާނުންގެ ތެރޭ ގެންގުޅެން ހެޔޮވާވަރުގެ މީހެއްނޫން.
ޤ ޤައުމު
ޝޭޚް ޢިމްރާނަކީ ވެސް އިންސާނުން ތެރޭ ގެންގުޅެން ހެޔޮވާ އެއްޗެއް ނޫން.