ޏ.ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 18:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އެނގިފައެއް ނުވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ފުވައްމުލަކު ވީދަނޑުގައި އަލިފާން ރޯވެފައިވެއެވެ. އެފަހަރު ވީދަނޑުގެ ގާތްގަނޑަކަށް 40000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ.
ކޮމެންޓު ފޮނުވާ