އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް 6،000 މީހުންގެ ސޮޔާއިއެކު ފޯމު ހުށަހަޅައިފިއެވެ.
ފައްޔާޒުގެ ފޯމްގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ އިސްދޫ ދާއިރާގެ ދާއިރާ ރައީސް އަހުމަދު ޝުހާދު އަދި އިބްރާހިމް ވަހީދު (މަދަނީ އިބްރޭ) އެވެ. މިމަޤާމަށް ފައްޔާޒާއި ވާދަކުރަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސް ޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އަލްއުސްތާޛް ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ފޯމް ހުށަހަޅުއްވައިފި.
ފޯމް ހުށަހެޅުއްވީ 6000 އަށްވުރެ ގިނަ މެންބަރުންގެ ތާއީދު ސޮޔާއެކު.#Faya4CP #MdpHingaalan#MdpEhkohKuriyah pic.twitter.com/PFO92rSoj3— ???????????????????????? ???????????? ???????????? ???????????????????????????????????????????? (@Faya4CP) February 17, 2022
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ފައްޔާޒު ވާދަކުރައްވާއިރު، އޭނާއަކީ މިސަރުކާރުގެ ވަޒީރުކަމުން ވަކި ކުރުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ނަޝީދު ފައްޔާޒު ސިފަކުރައްވަނީ "ބްރޯ"ގެ ގޮތުގައެވެ. ރައީސް ނަޝީދުވަނީ ބްރޯ ހެދިގެން ނޫޅެވޭނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ފައްޔާޒުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް މަޖިލިސް ތެރެއިން ވަނީ މަސައްކަތް ކޮށްފައެވެ.
ނަމަވެސް ފައްޔާޒުގެ ދިފާއުގައި ރައީސް ޞާލިހު ވަނީ ނިކުންނަވައި، ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވުމަކީ އެމްޑީޕީގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ އިތް ވާދަވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދާނެ އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މި ހިނގާ ފެބްރުއަރީ 12، ގައެވެ. މިއިންތިޚާބު އޮތީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ