ދްރިޝްޔަމް 2ގެ ޝޫޓިން އަޖޭ ފަށައިފި

ދްރިޝްޔަމް 2ގެ ޝޫޓިން އަޖޭ ފަށައިފި

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2022 11:30
0

2015 ވަނަ އަހަރު ނެރުން "ދްރިޝްޔަމް"ގެ ކާމިޔާބަށް ފަހު އެ ފިލްމުގެ ދެވަނަ ބައެއް ނެރުމުގެ މަަސައްކަތް ފަށައިފިއެވެ.

ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ފިލްމަށް ލިބުމުން ދެވަނަ ބައެއް ހެދުމަށް މި ފިލްމު އުފެއްދި ޓީމުން ވަނީ ނިންމާފައެވެ.

ލީޑު ރޯލުން އަޖޭ ދޭވްގަން އަދި ޝްރިޔާ ސަރަން ފެނިގެން ދިޔަ މި ކްރައިމް ތުރިލާ އަކީ، ތަރިންގެ މޮޅު އެކްޓިންގ އެއް ފެނިގެން ދިޔަ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލަކުން ތައްބޫ އަދި އިޝިތާ ދައްތާ ވެސް ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ރިޕޯޓްތައް ބުނާގޮތުން މިހާރު މި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގ އަޖޭ އާއި ޝްރިއާ މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އިތުރު ރޯލުތަކުން ފިލްމުގެ ފުރަތަމަ ބައިން ފެނުން ތަރިން ފެނިގެން ދާނެތޯ އެއީ ކުރެވޭ ސުވާލެކެވެ.

"ދްރިޝްޔަމް" އަކީ ހަމަ މިނަމުގައި 2013 ވަނަ އަހަރު ނެރުނު މަލަޔާލަމް ފިލްމެއްގެ ރިމޭކެކެވެ. މަލަޔާލަމް ބަހުން ވަނީ މީގެ ދެވަނަ ބައެއްވެސް 2020 ވަނަ އަހަރު ގެނެސްދީފައެވެ. އަދި އަޖޭގެ "ދްރިޝްޔަމް 2″ އަކީވެސް މަލަޔާލަމް ފިލްމާ ގުޅޭގޮތަށް ހަދާ ފިލްމެއްކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.