އިންތިއަކީ އެމްޑީޕީއަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތްކުރި ލާމަސީލު މިސާލެއް: ހަސަން

އިންތިއަކީ އެމްޑީޕީއަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތްކުރި ލާމަސީލު މިސާލެއް: ހަސަން

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2022 06:48
0

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިމްތިޔާޒު ފަހުމީއަކީ އެމްޑީޕީއަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތްކުރި ލާމަސީލު މިސާލެއް ކަމުގައި މިހާތަނަށް އެމްޑީޕީ ޗެއާޕާސަންގެ މަޤަމު ފުރުއްވާފައިވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވީ ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އޭނާގެ ތާއީދު އިންތިއަށް އޮތްކަން ހާމަކޮށް ކުރެއްވި ޓުވީޓުގައިއެވެ. ހަސަން ވިދާޅުވީ އިންތިއަކީ އެމްޑީޕީގެ ހަފަރާތް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި އެމްޑީޕީގެ އިތުބާރު ދަމަހައްޓައި، އެމްޑީޕީއަށް ހައްގު މިންވަރު ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި މީހުންގެ ތެރޭގައި އިންތި ހިމެނި ވަޑައިގަންވާކަމަށް ހަސަން ވިދާޅުވިއެވެ.

އިމްތިޔާޒް ފަހްމީއަކީ އެމްޑީޕީގެ ހަ ފަރާތް ދެނެވަޑައިގަންނަވާ ބޭފުޅެއް. އިންތިއަކީ އެމްޑީޕީގެ އިތުބާރު ހިފެހެއްޓުމަށާއި, އެމްޑީޕީއަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމުގެ ލާމަސީލު މިސާލު. ޕާޓީގެ ޗެއަރޕަރސަން ކަމަށް އަޅުގަނޑުގެ ތާއީދު އިންތިއަށް.

– ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުވެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ރައީސް ނަޝީދު ފެކްޝަނުންނާއި ރައީސް ޞާލިޙްގެ ފެކްޝަނުން ވާދަކުރާ އިންތިޚާބަކަށް ވުމުންނެވެ. އިންތި މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިންތިގެ އިތުރުން ދެން މި އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. ފައްޔާޟްއަކީ ރައީސް ޞާލިޙްގެ އަރިސް ބޭފުޅެކެވެ.

ފައްޔާޟަކީ ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ އެއްވަޒީރެވެ. މިނިސްޓަރު ކަމުގެ މަޤާމުން ފައްޔާޟު ވަކިކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތް ކުރެއްވުމުންވެސް ސީދާ ރައީސް ޞާލިހު ވަނީ ފައްޔާޟުގެ ދިފާއުގައި ނުކުންނަވައި ފައްޔާޟަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
އެމްޑީޕީ ކޮޑިކޮށް ބެއްލެވި ބޭފުޅަކީ ހަމައެކަނި އިމްތިޔާޒު ފަހުމީއެވެ ދުވާލަކުގޮތެއް ދެއިރުދެދަޅައަށްގޮތެއްނުވެ ސީދާކަންމަތީ ތެދުވެރިވަފާތެރިއެއްގެގޮތުގައިހުރެ އެމްޑީޕީއަށް ސީދާމަގު ތާއަބަދަށް ދެއްކެވިބޭފުޅަކީ ހަމައެކަނި އިމްތިޔާޒުފަހުމީއެވެ