"ބީވީމާ"ގެ ޓީޒާ ދައްކާލައިފި

"ބީވީމާ"ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2022 04:59
0

މަޝްހޫރު ލަވަކިޔުންތެރިއާ މަރިޔަމް އަޝްފާ އެކްޓިންގެ ދާއިރާއަށް ތައާރަފްވާ ފިލްމު "ބީވީމާ"ގެ ޓީޒާ ދައްކާލައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓްސްގެ މި ފިލްމުގެ ޝޫޓިން މިހާރުވަނީ އެއްކޮށް ނިންމާލައިފައެވެ. "ބީވީމާ" ލިޔެ ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރެވެ.

މި ފިލްމުގައި ލަވަކިއުންތެރިޔާ އަޝްފާގެ އިތުރުން މަޝްހޫރު ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަލީ ޝަޒްލީމް އަދި އައިޝަތު ޔާދާގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ، އަދި މޯލްޑިވިއަން އައިޑިލް އިން ވިދާލި އަމާން އާއި ޒަކިއްޓެގެ ކޮއްކޮ އާދަމް ޒިދާން (ނާނަ)ގެ އިތުރުން ވެސް ގިނަ އާ ތަރިން ތަކެއް ފެނިގެން ދާނެއެވެ.

ފިލްމު ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.  "ބީވީމާ" އަކީ އަޙްމަދު ޒަރީރު ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.