ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު 54 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ ކޮންޓެކްޓަރ އެމްޓީސީސީން ބުނީ ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޑްރެޖިންގ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައްކަމަށް އެމްޓީސީސީން ބުންޏެވެ.
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޑްރެޖިންގ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިއްޖެ. އަދި މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް.#MTCCProjects #RayyithungeKunfuni pic.twitter.com/Whd5wwO9Z8
— MTCC Plc (@MTCCPlc) February 14, 2022
އިހަވަންދުއަކީ 61.9ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ 3500ގަ އުޅޭއިރު، 450އެއްހާ ގޭބިސީގަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. މީގެތެރޭގަ އެރަށަށް ހިޖުރަކޮށް ދިރިއުޅެމުންދާ އާއިލާތައްވެސް ހިމެނެއެވެ. ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްގޮތަށް އިހަވަންދޫގެ ތަރައްޤީއަށްވެސް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގެ ބިމުގެ ޖާގައެވެ.
ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އިހަވަންދޫގެ ފަޅުން 28ހެކްޓަރުގެ ސަރަޙައްދެއް ހިއްކަން ސަރުކާރުން ނިންމާ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ކޮމެންޓު ފޮނުވާ