ޝަމީތާގެ އާއިލީ ޗުއްޓީގައި ރާގޭޝްވެސް ބައިވެރި ވެއްޖެ

ޝަމީތާގެ އާއިލީ ޗުއްޓީގައި ރާގޭޝްވެސް ބައިވެރި ވެއްޖެ

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2022 11:17
0

އަލީބާގަށް ޗުއްޓީ ހޭދަ ކުރުމަށް ޝެއްޓީ އާއިލާ ދިޔައީ ހޯމަދުވަހުއެވެ. މި ޗުއްޓީގައި ޝިލްޕާ، ޝަމީތާ، ސުނަންދާ އަދި ޝިލްޕާގެ ދެ ދަރިންވެސް ބައިވެރި ވެއެވެ. މިއީ "ބިގްބޮސް"އަށް ފަހު ޝަމީތާ އާއިލާއާ ގުޅުމުން ހޭދަކޮށްލާ ޗުއްޓީއެއް ކަމަށް ޚަބަރުތަށް ބުނެއެވެ.

ނަމަވެސް މި ޗުއްޓީގައި ޝަމީތާގެ ލޯބިވެރިޔާ ކަމުގައި ބުނާ ރާގޭޝް ބަޕަޓްވެސް ބައިވެރި ވެއެވެ. އާއިލާ ދަރުތުގައި ރާގޭޝް ބައިވެރި ވުމަކީ މި ދެމީހުންގެ ގުޅުން ވަރަށް ބަދަހިވެ ކައިވެންޏާ ހަމައަށް ވަރަށް އަވަހަށް ދާނެކަމުގެ ނިޝާނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

އަދި ވަރަށް އަވަހަށް މި ދެމީހުންގެ ކައިވެނި އިއުލާން ކުރާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އުމުރުން 43 އަހަރުގެ ޝަމީތާ ކައިވެނި ކުރަން މިހާރުވެސް މާ ލަސްވެއްޖެ ކަމަށް ގިނަ ފޭނުން އަންނަނީ ބުނަމުންނެވެ. ޝަމީތާ މިހާތަނަށް އަދި ކައިވެންޏެއް ނުކުރެއެވެ.

ނަމަވެސް 43 އަހަރުގެ ރާގޭޝް ވަނީ 2011 ވަނަ އަހަރު ރިގީ ޑޯގްރާ އާއި ކައިވެނި ކޮށްފައެވެ. ރިގީ އާއި ރާގޭޝް އަކީ ވެސް ޓީވީ އިނޑަސްޓްރީގައި މަގުބޫލު ދެ ތަރިންނެވެ. ނަމަވެސް މި ދެތަރިންގެ ކައިވެނި ވަނީ 2019 ވަނަ އަހަރު ނިމުމަކަށް އައިސްފައެވެ.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

ޝަމީތާ އާއި ރާގޭޝް ބައްދަލުވެފައިވަނީ "ބިގްބޮސް އޯޓީޓީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަނާ
ޝިލްޕާގެ އަންހެން ދަރީގެ އުފަންދުވަސް ފާހަގަ ކުރަން އަލީބާގަށް ދިޔައީ