އިންޑިއާގެ ވިޔަފާރީ ވެރިއަކަށް ލޯނުގެ ގޮތުގައި ދަށްކަންޖެހޭ 21 ކަރޯޑް ރުޕީސް ނުދައްކާ އޮތް މައްސަލައަކާއި ގުޅިގެން ބޮލީވުޑް ބަތަލާ ޝީލްޕާ ޝެއްޓީ ކުންދުރާ އާއި ކޮއްކޮ ޝަމީތާ ޝެއްޓީ އަދި އެމީހުންގެ މަންމަ ސުނަންދާ ޝެއްޓީ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
މި ފައިސާގެ މައްސަލައާ ގުޅިގެން އަންދޭރީގެ ކޯޓަކުން ވަނީ މި ތިން މައިން ކޯޓަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައެވެ. އާދިއްތަ ދުވަހު ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ މި ތިންމީހުން މި މަހުގެ 28ގެ ކުރިން ކޯޓަށް ހާޒިރު ވުމަށެވެ.
އޮޓޯ މޯބައިލް އެޖެންސީގެ ވެރިއަކު ހުށައެޅި މި މައްސަލަ އަކީ 2015 ވަނަ އަހަރު ޝިލްޕާގެ ބައްޕަ ސުރެންދުރާ ޝެއްޓީ ނަގާފައިވާ، 2017 ވަނަ އަހަރާ ހަމައަށް ދައްކާ ނިންމަން ޖެހޭ ލޯނެއް 2016 ވަނަ އަހަރު ޝެއްޓީ މަރުވުމަށް ފަހު، ބާކީ އޮތް 21 ލައްކަ ރުޕީސް ދެއްކުމަށް ތިން މައިން ދެކޮޅު ހެދުމުން ހުށަހެޅި މައްސަލައެކެވެ. އަދި މިލޯނަށް އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރު 18 އިންސައްތަ އަރާ ކަމަށް ޚަބަރުތައް ބުނެއެވެ.
މި ލޯނު ނަގާފައިވަނީ ސުރެންދުރާ ކޮމްޕެނީގެ ނަމުގައި ކަމަށާއި، މި ލޯނުނެގިކަން ސިލްޕާ އާއި ޝިލްޕާގެ މަންމައަށް އެނގޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ތަފާތު ތުހުމަތުތައް ޝެޓީގެ އާއިލާއަށް އަންނަނީ ކުރިމަތި ވަމުންނެވެ. މިދިޔަ ދެތިން އަހަރެއް ތެރޭގައި މިފަދަ ގިނަ ކޭސްތަކަަކާ އެ އާއިލާ އިން ވަނީ ކުރިމަތި ލާން ޖެހިފައެވެ. އަދި މިކަމާ ގުޅޭގޮތުން ވެސް މިހާތަނަށް ސިލްޕާ، ޝަމީތާ އަދި ސުނަންދާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް މި މައްސަަލަ ގަނޑު ބޯމަތި ވެފައި ވަނިކޮށް މި އާއިލާގެ ހުރިހާ މެމްބަރުން ވަނީ މިއަދު ޗުއްޓީއަށް އަލީބާގަށް ގޮސްފައެވެ.