މި ސަރުކާރަށް މާގިނަ ދުވަހެއް ނެތް: ޝުޖާޢު

މި ސަރުކާރަށް މާގިނަ ދުވަހެއް ނެތް: ޝުޖާޢު

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2022 09:23
0

މިސަރުކާރަށް މާގިނަ ދުވަހެއް ނެތްކަމަށާއި، ސަރުކާރުން ހެދިހާ ގޮތެއް ހަދަން ދީގެން ދިވެހިން ނުތިބޭނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިނިވަން ކަމުގެ ދިފާއުގައި އިދިކޮޅުން ބޭނުންކުރާ ލޯގޯއާއެކު ޝުޖާ ކުރި ޓްވީޓެއްގައި ވަނީ މިސަރުކާރަށް މާ ގިނަ ދުވަހެއް ނެތްކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން މިހާލުގައި ނުބޭތިއްބޭނެކަމަށާއި، ހެދިހާ ގޮތެއް ހަދަން ދިވެހިން ތިބޭނެކަމަށް އެމްޑީޕީން ހީކޮށްގެން ނުވާނެކަމަށެވެ. ޝުޖާ ވިދާޅުވީ ވައްކަންކޮށްގެން ދައުލަތް ކޮށްފިކަމަށެވެ.

ޝުޖާ މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އިންޑިއާއިން ބޮޑު ޢަދަދުތަކުން ސަރުކާރުން ލޯން ނަގައިފައިވާކަށެވެ. އަދި އިންޑިއާގެ ގިނަ ޢަދަދެއްގެ ސިފައިން ރާއްޖޭގައި ތިބޭކަމަށް ބުނެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މިއާއެކު އިންޑިއާ ސިފައިން ރާއްޖެއިން ބޭރުމަށް ގޮވާލާ އިދިކޮޅުން ގެންދަނީ ޤައުމީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ.

އިންޑިއާ އައުޓް މައްސަލަ މިހާރު މަޖިލީހުގެ 241 ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ. މި ކެމްޕެއިން ހުއްޓުވުމަށް ސަރުކާރާ އެމްޑީޕީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މި މައްސަލަ ކޮމިޓީން ބަލަމުން ދާއިރު، އެކަން ހުއްޓުވުމަށް "އިންޑިއާ އައުޓް" ޖިނާއީ ކުށަކަށް ހެދުމަށް އެމްޑީޕީން ވަނީ ބިލެއް އެކުލަވާލާފައެވެ. މިބިލުގެ ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" މިހާރު އޮތީ ޑްރާފްޓް ކުރުމުގެ މަރުހަލާގައެވެ. މި ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަނީ ފޮނުވައިފައެވެ.

މި ބިލު ހުށަހަޅަން ތައްޔާރުވެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.