މުހަންމާގެ ވެބް ސީރީޒް "ލަފުޒު"ގެ ޓީޒާ ދައްކާލައިފި

މުހަންމާގެ ވެބް ސީރީޒް "ލަފުޒު"ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
12 ފެބްރުއަރީ 2022 12:10
0

މަޝްހޫރު ކޮމޭޑިއަން މުޙައްމަދު އަބްދުﷲ (މުހަންމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަން އިން ނެރޭ ވެބް ސީރީޒް "ލަފުޒު"ގެ ޓީޒާ ދައްކާލައިފިއެވެ.

ދުވަސްގަނޑަކަށް ފަހު މުހަމަންމާ ގެނެސްދޭ "ލަފުޒު" ބަލައިލެވޭނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް، މަލްޓިސްކްރީން މެދުވެރިކޮށެވެ.

މަޝްހޫރު ޑައިރެކްޓަރ އަދި އެކްޓަރ އަޙްމަދު ނިމާލް ޑައިރެކްޓްކުރާ މި ވެބް ސީރީޒްގައި ޖުމްލަ 30 އެޕިސޯޑް ހިމެނޭނެއެވެ. މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ ލިޔެފައިވާ 30 އެޕިސޯޑްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ ސީރީޒެކެވެ.

މި ސީރީޒް ކެމެރާކޮށް އެޑިޓްކުރަނީ މަޝްހޫރު ކެމެރާމަން އަދި ޕޯސްޓްޕްރޮޑަކްޝަން މަސައްކަތުގައި ތަޖުރިބާކާރު ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

މިވަގުތަށް 15 އެޕިސޯޑް ނިމިފައިވާ މި ވެބް ސީރީޒްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ރ. މާކުރަތުގައެވެ.

ސީރީޒްގެ ލީޑް ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝިފާ، ނިމާލްގެ އިތުުރުން ބައެއް ފިލްމުތަކުން ފެނިފައިވާ އަބްދުﷲ ނަސީރާއި ފިލްމީ މަސައްކަތުން މުޅިން އަލަށް ފެންނަ ފާތިމަތު ލަތީފާ އާއި އާރިފާ އަލީ ވެސް ހިމެނެއެވެ.

ލަފުޒުގެ ފުރަތަމަ ޓީޒާ ދައްކާލި ނަމަވެސް ސީރީޒް ދައްކަން ފަށާނެ ތާރީހު އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.