ރިޝްމީގެ ދެވަނަ ކައިވެނި ރޫޅާލައިފި، އެދެނީ ނިންމުމަށް އެންމެން އިހްތިރާމް ކުރުމަށް!

ރިޝްމީގެ ދެވަނަ ކައިވެނި ރޫޅާލައިފި، އެދެނީ ނިންމުމަށް އެންމެން އިހްތިރާމް ކުރުމަށް!

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2022 03:38
0

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ރިޝްމީ ރަމީޒް އާއި ރަވީ ފާރޫގުގެ ކައިވެނި ރޫޅާލައިފިއެވެ.

ރިޝްމީ ވަނީ އެކަން އިންސްޓަގްރާމް މެދުވެރިކޮށް ރޭގެ ވަގުތެއްގައި ފޭނުންނާއި ހިއްސާކޮށްފައެވެ.

ރިޝްމީ ބުނެފައި ވަނީ އެ މީހުން އެކުގައި ހޭދަކުރި ތިން އަހަރެއްހާ ދުވަސް ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށް ވިޔަސް، އެހެން މީހުންނަށް ވެސް ދިމާވާ ގޮތަށް އެކި ކަހަލަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

 

View this post on Instagram

 

A post shared by RISHMY RAMEEZ (@rishmyyr)

ރިޝްމީ އާއި ރަވީ ކައިވެނިކުރީ މާޗު 25، 2019 ގަ އެވެ. މި ދެމީހުންނަކީ ވެސް ފިލްމު އިންޑަސްޓްރީގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރި ދެ މީހުންނެވެ.
މީގެ ކުރިން ރިޝްމީ ވެސް އަދި ރަވީ ވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ. އަދި އެކައިވެނިން ދެމީހުންނަވެސް ވަނީ ދަރިން ލިބިފައެވެ. ނަމަވެސް ރިޝްމީ އާއި ރަވީއަށް ދަރިއަކުނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.