ޕާކިން ސްލޮޓްތައް ވިއްކަން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް، އެގޮތަށް އެކަންނުކުރެވޭނެ: ޓްރާންސްޕޯޓް

ޕާކިން ސްލޮޓްތައް ވިއްކަން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް، އެގޮތަށް އެކަންނުކުރެވޭނެ: ޓްރާންސްޕޯޓް

މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް 1000 ޕާކިން ސްލޮޓް ވިއްކުމަށް ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެގޮތަށް އެކަން ނުކުރެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން މާލެއިން ދާއިމީކޮށް 1000 ޕާކިންގ ސްލޮޓް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުގެ މިނިންމުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްޤަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަޙައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅިދާނެކަމަށެވެ.

ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ޤާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށެވެ.

ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަޙައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަޙައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ޤާއިމްކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މި މިނިސްޓްރީއަށް ހުށަހަޅާ ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތް.

– ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ކަންމިހެން އޮތް ނަމަވެސް މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވާކަމަށެވެ. އަދި، އެފަދަ ހުއްދަޔަކަށް މިހާތަނަށް އައިއިރު އެދިފައެއް ވެސް ނުވާކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަގުމައްޗަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންކުރާ ތަނަކަށްވީ ހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޙްތިޔާރު ސިޓީ ކައުންސިލަކަށް ލިބިގެނެއް ނުވާކަމަށާއި، އަދި، މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށް ވާތީ ވަކި ބަޔަކަށް ފައިދާވާގޮތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމަށްސިޓީ ކައުންސިލުން މިކަމުގުގައި ޢަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެކަން ކަމަށް ވަނީ ބުނެފައެވެ. އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލުން މިކަމުގެ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާއިގެން ކުރިޔަށްގެނދިޔުމަށް ސަރުކާރުން އެދޭ ކަމަށް ވަނީ ބުނެފައެވެ.

ޕާކިން މައްސަލަ ހައްލުކުރުމަށް، މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި

މާލެ ސިޓީ ކައުންސިލުން މިހާރު މިވަނީ މާލެއިން އިތުރު 1000 ޕާކިންގ ސްލޮޓް ދޫކުރުމަށް ނިންމާފައެވެ. ކައުންސިލުން ވިދާޅުވީ މީގެތެރެއިން "ގަރާޖް ސްލޮޓް" ގެ ގޮތުގައި ދޫކުރާ ސްލޮޓްތަކަކީ އުމުރު ދުވަހަށް އެ ވެހިކަލެއް ބާއްވަން ޔަގީންކަމާއެކު ދެވޭނެ ސްލޮޓެއްކަމަށެވެ. މިއީ ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދުމަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށްވެސް ޙައްލެއް ހޯދައިދިނުމަށް ކުރާ ކަމެކެވެ. އަދި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް، ޕާކިންގް ބިލްޑިންގްތައް ތަރައްޤީކުރެވުމުން، ބިލްޑިންގްގެ ޒޯނަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. މީނަ ހީކުރީ މާލެ ރައްޔިތުން މީނައަށް މާލެ ހިބަކޮށްދިނީ ކަމަށެވެ. މީނަ ބޭނުން ތަނެއް ބަހާ، ވިއްކާ، ދީ ހެދޭނެ ކަމަށެވެ. ހުޅުމާލެ ނުލިބިގެން މިއުޅެނީވެސް އެތަނުގައިހުރި ގިނަހުސް ބިންތައް ފެނިގެންނެވެ. މިއީ ބޮޑު ސޯބުގެ ދަށުން ޓްރެއިންވެފައި ހުރި ކުޑަސޯބެކެވެ.

  2. ތި މޭޔަރަކީ ޔާމިނު ޕާޓިގެ މިހަކަށްވާތީވެ އޭނައުޅެނީ ގާނޫނަށްވުރެ މަތީގަ ތީ ދިވެހި ޖަޒީރާވަންތަ ރަތްރަށުގައި ދިރިއުޅޭ ރައްޔަތުންގެ ހަލާކު ކޮރަޕްޓް އަދި ވަގުޅާއެއްތީ

  3. ބަލަގަ ނަހުލާއައްލިބޭވަރުމަދީތަ ކިތަައްރައްދީފިތަ ރައްޔިތުންނައް
    ކްމެން ކޮއްދޭތީ މޭކަރަނީދޯ

Leave a Reply

Your email address will not be published. Required fields are marked *