އިދިކޮޅުން ހިންގާ އިންޑިއާ އައުޓް މައްސަލައާއި ގުޅިގެން ހޯމް މިނިސްޓްރީއާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.
އިންޑިއާ އައުޓް މައްސަލަ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހުށައެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. އިންޑިއާ އައުޓް މައްސަލަ ދިރާސާކުރުމަށް ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯމް މިނިސްޓްރީއާއި ފުލުހުން ކޮމިޓީއަށް ޙާޒިރުކުރަނީ މިއަދު މެންދުރު ފަހު 14:30އަށެވެ.
އިންޑިއާ އައުޓް މައްސަލަ ކޮމިޓީއަށް ހުށައެޅުއްވީ ރާއްޖެއާއި ބައިނަލްއަޤްވާމީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމަށްކަމަށްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.
އެހެންކަމުން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތާއި ގުޅޭގޮތުން ރައީސް ނަޝިދު ކޮމިޓީއަށް ހޫށައެޅުއްވި މައްސަލަ ދިރާސާކުރާއިރު އަމަލުކުރަން އޮންނަ އުސޫލުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. އަދި މިފަދަ މައްސަލަތަކާމެދު އެހެނިހެން ޤައުމުތަކުން އަމަލުކޮށްފައިވާ ގޮތްތައް ބެއްލެވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަނެފައިވެއެވެ.
އިންޑިއާ އައުޓް މައްސަލަ ކޮމިޓީން ބަލަމުން ދާއިރު، އެކަން ހުއްޓުވުމަށް "އިންޑިއާ އައުޓް" ޖިނާއީ ކުށަކަށް ހެދުމަށް އެމްޑީޕީން ވަނީ ބިލެއް އެކުލަވާލާފައެވެ. މިބިލުގެ ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.
"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" މިހާރު އޮތީ ޑްރާފްޓް ކުރުމުގެ މަރުހަލާގައެވެ. މި ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަނީ ފޮނުވައިފައެވެ.
މި ބިލު ހުށަހަޅަން ތައްޔާރުވެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
One Response
އަމާފާސްކޮއްބަލަ