ދުބާއީގެ ރީތި މަލަމަތި

ޖައްވަށް ގެދަބުޅި ދޫކުރާ މިންވަރު 2030ގެ ނިޔަލަށް ދުބާއީން %30 ދަށްކުރަނީ

ޖައްވަށް ގެދަބުޅި ދޫކުރާ މިންވަރު 2030ގެ ނިޔަލަށް ދުބާއީން %30 ދަށްކުރަނީ

ދުބާއީން ޖައްވަށް ގެދަބުޅި ދޫކުރާ މިންވަރު 2030ގެ ނިޔަލަށް %30 ދަށްކުރުމަށް ނިންމާފައިވވާކަން އެމިރޭޓްސް ސަރުކާރުގެ މީޑިއާ އޮފީހުގެ ވެބްސައިޓުގައި ހާމަ ކޮށްފިއެވެ.

މި ޕްލޭނަކީ ފާއިތުވެދިޔަ އަަހަރުގެ އޮކްޓޯބަރުމަހު، ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން އިއުލާން ކޮށްފައިވާ ސްޓްރަޓެޖީގައި ހިމެނޭ މުހިންމު ބައެއްކަމުގައި ސަރުކާރުގެ މީޑިއާ އޮފީހުން ހާމަ ކޮށްފައި ވެއެވެ. ޔޫއޭއީން އަމާޒު ކޮށްފައިވަނީ، 2050 ވަނަ އަހަރާއި ހަމައަށް ދާއިރު، ޒީރޯ ކާބަން އެމިޝަންގެ އަމާޒަށް ވާސިލް ވުމަށެވެ.

ދުބާއީއަކީ ޔޫއޭއީގެ 7 ފެޑެރޭޝަންގެ ތެރޭގައި ހިމެނޭ ދެވަނައަށް އެންމެ މުއްސަދި އެމިރޭޓެވެ. އަދި މިއީ ސަރަހައްދުގެ ވިޔަފާރިއާއި ލޮޖިސްޓިކްސްގެ އެއް ހަބެވެ. ޔޫއޭއީގެ އެންމެ މުއްސަދި އެމިރޭޓަކީ ތެލުގެ މުއްސަދިކަން ލިބިފައިވާ އަބޫ ދާބީއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވަނީ 2050 އާއި ހަމައަށް ދާއިރު ޒީރޯ އެމިޝަންގެ އަމާޒަށް ވާސިލްވާނެގޮތުގެ ޕްލޭން އާންމު ކޮށްފައެވެ. މި ޕްލޭންގައިވާގޮތުން މި އަމާޒަށް ވާސިލް ވުމަށްޓަކާ އެގައުމުން އިއާދަކުރަނިވި ހަކަތައަށް 600 ބިލިއަން ދިރުހަމް (163 ބިލިއަން ޑޮލަރު) އިންވެސްޓް ކުރާނެއެވެ.

އަދި މި ޕްލޭނާއެކު ޔޫއޭއީ ވެގެން ދާނީ، މެދުއިރުމަތީގެ އަދި އުތުރު އެފްރިކާގެ ސަރަހައްދުގައި މޫސޫމީ ބަދަލުތަކަށް އެންމެ އެކަށީގެންވާ ހަރުދަނާ ޕްލޭންއެއް އެކުލަވާލި ފުރަތަމަ ގައުމު ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *