ރާޖްގެ މިލްކިއްޔާތު ޝިލްޕާއަށް ހިބަކޮށްދީފި

ރާޖްގެ މިލްކިއްޔާތު ޝިލްޕާއަށް ހިބަކޮށްދީފި

އިންޑިއާގެ މަޝްހޫރު ވިޔަފާރި ވެރިޔާ ރާޖް ކުންދުރާ، އޭނާގެ މިލްކިއްޔާތުގެ ބޮޑުބައެއް އަނބިމީހާ، ފިލްމީ ތަރި ޝިލްޕާ ޝެއްޓީއަށް ހިބަކޮށްދީފިއެވެ.

އެގޮތުން ރާޖްގެ މިލްކިއްޔާތުން 38.5 ކްރޯޑް ރުޕީސް ޝިލްޕާ ޝެއްޓީގެ ނަން މައްޗަށް ބަދަލު ކޮށްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރާޖް ވަނީ އޭނާގެ އިމާރާތެއްގެ ފުރަތަމަ ފްލޯގައި ހިމެނޭ ފަސް ފްލެޓާއި ޖުހޫގެ މޫދު ކައިރީގައި ހުންނަ އޭނާގެ ބަންގްލޯ ޝިލްޕާގެ ނަން މައްޗަށް ބަދަލުކޮށްފައެވެ.

ބަރަހަނާ ފިލްމު އުފެއްދުމުގެ މައްސަލައެއްގައި މިދިޔަ ޖުލައި މަހުގެ މެދު ތެރޭގައި ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނަން ޖެހުނު ރާޖް ކަފާލާތުގެ ދަށުން ދޫކޮށްލީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން އޭނާ އުޅޭމުން އަންނަނީ އާންމުންނަށް މާބޮޑަށް ނުފެންނާނެހެން "ފިލައިގެން"ނެވެ.

ބަރަހަނާ ފިލްމް އުފައްދާ އޭގެ ވިޔަފާރީ ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާކަމަށް ރާޖްގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ރާޖް ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ. އެކަމަކަުވެސް ސޯޝަލް މީޑީއާގައި އަދިވެސް އެއާއިލާއަށް އެކަމާ ގުޅިގެން ފުރައްސާރަތައް އަމާޒުވެއެވެ.

އަދި ރާޖް ޖަލުގައި ހުރި ދުވަސް ވަރު ޝިލްޕާ ވަރިވާން އުޅުނު ވާހަކަތަކެއް ވެސް ދެކެވުނެވެ. އަދި ހަމަ އެހެންމެ ރާޖްގެ އެއްވެސް ފައިސާއެއް އެއްވެސް އެހީއެއް ޝިލްޕާ އާއި ކުދިން ބެނުން ނުވާކަމަށް ބުނެވެެސް ޚަބަރު ފެތުރުނެވެ.

ނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް ޝިލްޕާ ވަނީ ރާޖަށް ސޯޝަލް މީޑިއާގައި ލޯބި ބަންޑުން ކޮށްލާފައެވެ.

ރާޖާއި ޝިލްޕާ ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި މި ކައިވެނިން ވަނީ އަންހެން ކުއަޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *