ކޮމަންޑޫ ދާއިރާގެ އިންތިޚާބުން ދައްކުވައިދިނީ އެކުވެރި ޤައުމުތަކަށް ހިތުހުރި އެއްޗެހި ގޮވުމާއި ރައްޔިތުން ދެކޮޅުކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަޙްމަދު މިހެން ވިދާޅުވީ، ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާ ދަނޑިވަޅެއްގައި އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިޚާބުން ޕީޕީއެމް ބަލިވުމާއި ގުޅިގެން ފާޑުވިދާޅުވަމުންނެވެ.
އަޙްމަދު ވިދާޅުވީ އެކުވެރި ޤައުމުތަކަށް ހިތުހުރި އެއްޗެއް ގޮވުމާއި ބިރުދެއްކުންފަދަ ނާތަހުޒީބު ޢަމަލުތަކަށް ދިވެހިން ނުރުހޭކަން ސާފުކޮށް ބުނެދީފިކަމަށެވެ.
Ekuveri gaumu thakah hithuhuri ehcheh govumaa birudhekkun fadha naathahuzeebu amalu thakah dhivehin nuruheykan saafukoh bunedheefi. #shukuriyyaarayyithun
— Ahmed Abdulla (@ahmedabdulla2a) February 5, 2022
އިދިކޮޅުން އިސްވެ ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެއެވެ. އަދި އެ ހަރަކާތް އަތޮޅުތެރެއަށްވެސް ވަނީ ފުޅާކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތުގައި ބައިވެރިވަނީ މަދު ޢަދަދެއްގެ ބައެއްކަމަށެވެ. އަދި ސަރުކާރުން ދަނީ އެ ހަރަކާތް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން އިންޑިއާ އައުޓް ހުއްޓުވުމަށް މަޖިލީހަށް ހުށައަޅައިގެން ޤާނޫނެއް ފާސްކުރުމަށްވެސް އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން މިހާރު ވަނީ އެކަމަށް ބިލެއް ޑްރާފްޓްކޮށް ނިންމާފައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދިޔަ ތަނުގައި އިދިކޮޅު ޕީޕީއެމްއިން ހިންގި ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. އަދި އެޕާޓީން މިއީ ގައުމީ ހަރަކާތެއްގެ ގޮތުގައި ސިފަކުރަމުން ދިޔަ ނަމަވެސް، މިހަރަކާތުގެ އެންމެ ކުރީ ސަފުގައި އިސްކޮށް ތިއްބެވީ ސިޔާސީ ފަރާތްތަކެވެ.
ކުރީގެ ރައީސް ޔާމިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތުމުން ބޭނުން ޤާނޫނެއް ހެދިދާނެ ކަމަށާއި، ނަމަވެސް ޤާނޫނެއް ހަދައިގެންވެސް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ