މިމަހުގެ 25 ގައި ރިލީޒް ކުރަން ތައްޔާރުވެފައިވާ، ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވަޅީ" ގައި އަޖޭ ފެނިގެން ދާނެގޮތް ދައްކާލައިފިއެވެ.
ނުނެރެވި ގިނަ ދުވަސްތަކެއް ވެފައިވާ މި ފިލްމަށް ތާރީހެއް މިހާރު ލިބިފައިވާ އިރު މި ފިލްމްގެ ލީޑުރޯލުން ފެނިގެން ދާނީ އާލިއާ ބަޓެވެ.
ވަރަށް ތަފާތު 'ލުކް" އެއްގައި އަޖޭ ފެނިގެންދާއިރު އޭނާ ހުންނަނީ ވަރަށް ފުރިހަމައަށް ރަސްމީ ހެދުމެއްގައެވެ. އަޖޭ މިފިލްމުގައި ކުޅެނީ އިންޑިއާގެ މަޝްހޫރު ޑޮންއެއް ކަމަށްވާ ކަރީމް ލާލާގެ ރޯލެވެ.
މި ފިލްމު މިމަހު އެޅުވުމަށް ހަމަޖެހިފައި ވާއިރު ފިލްމުގެ ޕްރޮމޯޝަން މިހާރު ވަނީ މެކުހައް ޖަހާފައެވެ.
މި ފިލްމުގައި އާލިއާ އާއި އަޖޭގެ އިތުރުން ވިޖޭ ރާޒް، އިންދިރާ ތިވާރީ، ސީމާ ޕަހްވާ އަދި އިމްރާން ހާޝްމީ ވެސް މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވެއެވެ.
މި ފިލްމަކީ ހުސައިން ޒައިދީ ލިޔެފައިވާ "މާފިއާ ކުއީންސް އޮފް މުމްބާއީ"ގައި ހިމެނޭ ހަގީގީ ހާދިސާއެއް ކިޔައިދޭ ފިލްމެކެވެ.
ކޮމެންޓު ފޮނުވާ