ރިތިކްގެ އާ ލޯބިވެރިޔާ މީޑީއާއަށް ފޮރުވައިގެން އެތައް ދުވަހަކު އުޅުނު!

ރިތިކްގެ އާ ލޯބިވެރިޔާ މީޑީއާއަށް ފޮރުވައިގެން އެތައް ދުވަހަކު އުޅުނު!

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2022 04:12
0

ސުޕަސްޓަރ ރިތިކް ރޯޝަންގެ ނަން ޚަބަރުތަކުގެ ފަލަ ސުރުހީއަށް މިދުވަސްކޮޅު އަރައިގެން އުޅެނީ އޭނާގެ އާ ލޯބިވެރިޔާއާ ގުޅުވައިގެންނެވެ.

ދާދިފަހުން މިކަން ފަޅާ އަރާފައި ވަނީ ދެމީހުން ޑިނާ ޑޭޓަކަށްފަހު ނުކުމެގެން ދިޔަވަގުތު މީޑީއާތަކުން އެމީހުންގެ ފޮޓޯ ނަގައި އާންމުކުރުމުންނެވެ. މީޑިއާއިން ފޮޓޯ ނަގަމުން ދިޔަ ނަމަވެސް ރިތިކް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އަތާ އަތް ޖޯޑުކޮށްގެން އެމީހުން ހިނގާފައި ދިޔަތަން މީޑިއާތަކުން ވަނީ ފޮޓޯ ނަގައި ވީޑިއޯވެސް ކޮށްފައެވެ.

ރިތިކްގެ އާ ލޯބިވެރިއަކީ ސަބާ އާޒަދެވެ. އޭނާ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިަވނީ "މުޖްސޭ ފްރެންޑްޝިޕް ކަރޯގީ" އިންނެވެ. އޭނާ އަކީ ލަވަކިޔުންތެރިއެއް ވެސްމެއެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އަދި ދެމީހުން އެކުގައި ވަގުތު ހޭދަކުރުމާއި ޑޭޓްތަކަށް ދިއުމުގެ އިތުރުން ދެމީހުން އެކުގައި ގޯއާ ގައިވެސް ޗުއްޓީ ހޭދަކޮށްފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑަސްޓްރީގެ މަސައްކަތަށް ބަލާއިރު ސަބާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސޮނީ ލިވް އިން ގެނެސްދޭ ޑްރާމާ "ރޮކެޓް ބޯއީސް" ގައެވެ. އަދި ރިތިކް މިހާރު ކުރަމުން އަންނަނީ ވިކްރަމް ވޭދާގެ ހިންދީ ރިމޭކްގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.