ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަންދާތީ ޖަލުތަކުގައި ތިބި ހައިރިސްކު ޤައިދީން ޢާއިލާކައިރިއަށް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަރެސްޝަނުން ވިދާޅުވެއްޖެއެވެ.
ޖަލުގައިތިބި ޤައިދީންގެ ތެރެއިން ހައިރިސް ގައިދީން ގެއަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން ޢާއިލާކައިރިއަށް ބަދަލުކުރަންޖެހޭ ޙާލަތުގައި ތިބި މީހުންނާއި ބައެއް ޢާއިލާތަކުގެ އަޅާލުން ނުލިބިތިބި މީހުން ދެނެގަނެ އެކަމަށްޓަކައި ކުރަންޖެހޭ އެމަސައްކަތް ކުރަމުންނެވެ.
ޖަލުގައި ތިބި ހައިރިސްކް މީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުންދާއިރު، މިހާތަނަށް ބަދަލުކޮށްފައިވާ ގައިދީންގެ އަދަދެއް ހާމަކޮށްފައިނުވެއެވެ. މިހާތަނަށް މާފުށި ޖަލުން 78 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ 66 ގައިދީންނާއި 12 އޮފިސަރުންނެވެ. ކަރެކްޝަނުން ވިދާޅުވީ 215 ގައިދީން އަދި ތިން އޮފިސަރުން މިހާރު ވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ