މިހާތަނަށް ޔޫޓިއުބްގައި ދިހަ ބިލިއަން ވިއުސް ހޯދައިގެން ގިނީސް ވޯލްޑް ރެކޯޑް ފޮތަށް "ބޭބީ ޝާކް" ލަވަ އަރައިފިއެވެ.
ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު މި ލަވަ ޔޫޓިއުބުގައި އަންނަނީ އަހަރެއް އަހަރަކަށް ކުރި ހޯދަމުންނެވެ. އެގޮތުން މިހާތަނަށް 10 ބިލިއަން ވިއުސް މި ލަވަ ހޯދިއިރު، މި ލަވަ ފަހަތަށް ވައްޓާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
Baby Shark recently hit TEN BILLION views… ????
It's comfortably the most watched YouTube video ever.https://t.co/FC8PmdIg9r
— Guinness World Records (@GWR) January 24, 2022
ޕިންކްފޮންގް (ރިޕަބްލިކް އޮފް ކޮރެއާ)ގެ ކެޗްސީ ސިންގަލޮންގްގެ މި ވީޑިއޯ އެންމެ ފުރަތަމަ ޔޫޓިއުބަށް ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރުއެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް މި ލަވައަކީ މިއަދުވެސް ވަރަށް މަގުބޫލު ލަވައެކެވެ.
މިއީ މިފަދަ ގޮތަކަށް ޔޫޓިއުބުގައި، މަގުބޫލުވީ ފުރަތަމަ ލަވައެވެ.