މަރު ކޮމިޝަނުން ކުރީގެ ފަނޑިޔާރު ދީދީ އާއި ސުވާލުކޮށްފި

މަރު ކޮމިޝަނުން ކުރީގެ ފަނޑިޔާރު ދީދީ އާއި ސުވާލުކޮށްފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 12:13
0

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ ދީދީއާއި، މަރު ކޮމިޝަނުން ސުވާލުކޮށްފިއެވެ.

މަރު ކޮމިޝަނުން ކުރީގެ ފަނޑިޔާރު ޑީޑީއާއި ސުވާލުކޮށްފައިވަނީ އެކޮމިޝަނުން މެލޭޝިއާއަށް ގޮސްގެންނެވެ. މަރުކޮމިޝަނުން ޑީޑީއާއި ސުވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. އަދި މެލޭޝިއާއަށް ދިޔަ ޓީމްގައި ފުލުހުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ޙުލާސާ ބަޔާނުގައި ވާގޮތުން 2012 ވަނަ އަހަރު ރިޟުވާން ގެއްލުމާއި ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަދުالله ދީދީއެވެ. ދީދީއާއިއެކު މިކަމުގައި އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭރުގެ ޓްވަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް އަބްދުލް ޢަފޫރުކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން މި ރިޕޯޓުގައި ބުނެފައިވަނީ، ރިޟްވާންއަށް ފާރަލައި ކިޑްނެޕްކުރުމުގައި އެހީތެރިވެދިން މީހުން ފުލުހުން ހައްޔަރުކުރުމުން، އެމީހުން ސަލާމަތްކޮށްދިނުމަށް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރަށް ގުޅައި، އެމީހުންގެ ނަންތައް އަޙްމަދު އަދީބުއަށް ފޮނުވުމުން އަހްމަދު އަދީބު އެ ނަންތައް ކްރިމިނަލް ކޯޓުގެ ގާޒީ ޢަބްދުالله ދީދީއަށް ފޮނުވުމުން، އެމީހުން ކޯޓަށް ގެންދިއުމުން އޭނާ އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި އޭގެ ފަހުން ރިޟްވާން ކިޑްނޭޕްކުރުމުގައި ހަރަކާތްތެރިވި މީހުން ފުރައިގެން ސީރިއާއަށް ގޮސްފައިވާކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޟްވާން ޢަބްދުاللهއަށް ފާރަލައި ކިޑްނެޕްކުރުމުގައި ބައިވެރިވި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ގާޒީ ޢަބްދުالله ދީދީ އޭނާ ދޫކޮށްލަން އަމުރުކުރި އިރު، އޭނާގެ މައްޗަށް ރިޟްވާން ޢަބްދުالله ކިޑްނެޕްކުރުމުގައި ބައިވެރިވިކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ހެކި ހުރިކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.