ރާއްޖޭގައި ވަރަށް މަދުންކުރާ އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފި

ރާއްޖޭގައި ވަރަށް މަދުންކުރާ އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފި

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2020 04:09
0

ރާއްޖޭގައި ވަރަށް މަދުން ކުރާ އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފިއެވެ.

އެހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައިވަނީ އެހޮސްޕިޓަލުން ކޮށްފައިވަނީ "ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ" އޮޕަރޭޝަނެއްކަމަށެވެ. އެއީ ކުޅުން އުފައްދާ މާއްދައެއް ކަމަށްވާ ގުނަވަން ކަމަށްވާ ސަލައިވަރީ ގްލޭންޑް ނެގުމަށް ކުރި އޮޕަރޭޝަނެއްކަމަށެވެ. މިއީ ރާއްޖޭގައި ވަރަށް މަދުންނޫނީ ނުކުރާ ޒާތުގެ އޮޕަރޭޝަނެކެވެ.

ށ.އަތޮޅު ހޮސްޕިޓަލުގައި މިއޮޕަރޭޗާން ކުރީ، 39 އަހަރުގެ ފިރެހެނެއްގެއެވެ. އޭނާ އެންމެ ފުރަޔަމަ ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވާތީއާއި، ކެއުން ބުއިމުގައިވެސް ދަތިތަކެއް ހުރުމުންކަމަށް ށ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި ޑޮކްޓަރުން ބެލިބެލުމުން އޭނާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާކަން ފާހަގަކުރެވޭތީ އެ އޮޕަރޭޝަން ކުރީކަމަށްވެސް ށ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި އޮޕަރޭޝަން ކާމިޔާބުވެފައިވާކަން ފާހަގަކޮށް ހޮސްޕިޓަލުން ވަނީ އެއޮޕަރޭޝަން ކުރި ބަލި މީހާއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ކަރުދަށުން ބައެއް ކަފާލައިގެން ކުރި ދެގަޑިއިރުގެކާމިޔާބު އޮޕަރޭޝަން ކޮށްފައވަނީ ޑރ.އެސްލަމްއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ވަނީ އެކާމިޔާބީ ފާހަގަކޮށް ޑޮކްޓަރަށާއި، އެކަމުގައި ހަރަކާތްތެރިވި ޓީމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.