ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގޮއްވާލަން ބުނެ އިންޒާރު ދިންމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ކައިރިއަށް މީހަކު ގޮސް އޮފީހުގައި ތިބި މީހުން ބޭރަށް ނިކުތުމަށް އަންގާފައިވާ ކަމަށާ އަދި އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓްކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ