"މޫނުމަތީ ހަރަކާތް" އުޒުރަކަށް ހަދައި މޫނުބުރުގާއަޅާ ޓީޗަރުންނާއިމެދު އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ތަފާތުކުރުން ބަލައި ނުގަނެވޭނެ ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގައި މޫނު ބުރުގާ އެޅާ ޓީޗަރުންނަށް، އެފުރުސަތު ބަންދު ކުރުމަށް ބައެއް ނޯޓިސްދީ ހަދަމުންދާއިރު، އެކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވަމުން ފާޅު ކުރަމުންނެވެ. ނަމަވެސް މިވާހަތަކަށް ރައްދުދީ އެޑިއުކޭޝަން މިނިސްޓްރީން ވަނި މިއަދު ބަޔާނެއްވެސް ނެރެފައެވެ.
މޫނުބުރުގާ އަޅާ ޓީޗަރުންނާއިމެދު، އެޑިއުކޭޝަން މިނިސްޓްރީން އަމަލު ކުރަމުންދާ ތަފާތު ކުރުންތަކަށް ފާޑުވިދާޅުވެ، ކުރީގެ ޕީޖީ މުހުތުސާޒު ވިދާޅުވީ ވަޒީފާގެ މާހައުލުގައި އެއްވެސް މުވައްޒިފަކު ޤާނޫނާއި ޚިލާފް ނުވާނަމަ ތަފާތު ނުކުރެވޭނެކަމަށެވެ. މޫނުބުރުގާ އެޅި ޓީޗަރުންނަށް "މޫނުމަތީ ހަރަކާތް" އުޒުރަކަށް ހަދާ އެފަރާތްތަކާއިމެދު ވަޒީފާގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުން ބަލައި ނުގަނެވޭނެކަމަށް މުހުތާޒު ވިދާޅުވިއެވެ.
ފިލާފަޅުތައް ދަރިވަރުންނަށް ފަހުމްކުރުވުމުގައި އެހީ އަކަށްވާ ބައިވަރު ކަންކަން ތަޖުރިބާކާރުން ބުނެދީފައި އެބަހުރި. ތައުލީމާއިބެހޭ ވުޒާރާއިން "މޫނުމަތީ ހަރަކާތް" އުޒުރަކަށް ހަދާ މޫނުބުރުގާ އެޅި ފަރާތްތަކާއިމެދު ވަޒީފާގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުން ބަލައެއްނުގަނެވޭ.
– މުހުތާޒު ވިދާޅުވިއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވަނީ، ކިޔަވައިދޭ ވަގުތުގައި ދަރިވަރުންނަށް މޫނު ފެންނާނެގޮތަށް ތިބޭގޮތަށްކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އެޅުމަށް އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވެފައިވާތީކަމަށެވެ.
ކޮމެންޓު ފޮނުވާ