ސިނަމާލެ ބުރިޖް މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ސިނަމާލެ ބުރިޖް މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

Author
ހުސެއިން
19 ޖެނުއަރީ 2022 09:32
0

ހުޅުމާލެ އިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއްގެ ބެލެންސްގެއްލި، ސައިކަލުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ މިރޭ 7:57 ހާއިރު އެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ހައިކަލް އިސްމާއިލް ނަމަކަށް ކިޔާ ޒުނާކެވެ. އަދި އެކްސިޑެންޓް ވުމާއެކު ފަރުވާ ދިނުމަށްޓަކާ އޭނާ ގެންދެވިފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުންގެ ފަރާތުން މައުލުމާތު ދީފައިވަނީ މި އެކްސިޑެންޓް މިހާރު ތަހުގީގު ކުރަމުން ދާކަމުގައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.