ރާއްޖޭގެ އިދާރީ ހިންގުން މިހާރު އޮތީ އެންމެ ކިޑްނިއެއްގެ އެހީގައި: ޒަރިޔަންދު

ރާއްޖޭގެ އިދާރީ ހިންގުން މިހާރު އޮތީ އެންމެ ކިޑްނިއެއްގެ އެހީގައި: ޒަރިޔަންދު

ރާއްޖޭގެ އިދާރީ ހިންގުން މިހާރު އޮތީ އެންމެ "ކިޑްނީ"އެއްގެ އެހީގައިކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަޤާމުން ދުރުކުރުމަށް ދައުރުން ބޭރުން ޖަލްސާ ބާއްވާފައިވަނިކޮށް މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު އެ މުއައްސަސާއަށް މެންބަރުން ނުލާ ދުވަސްތަކެއް ފާއިތުވަމުން ދާތީއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާ ވާދަވެރި ކެމްޕެއިން ކުރިއަށްދާއިރު އޭސީސީ މެންބަރުން ނެތި ޤާނޫނީ ހުސްކަމެއްގައި އޮތުމުން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިދާރީ ހިންގުމުގެ 2 "ކިޑްނީ" އަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އޭސީސީކަމަށެވެ.

މިހާރު މި ރާއްޖޭގެ އިދާރީ ހިންގުން އޮތީ 1 ކިޑްނީ ނެތް އަނެއް ކިޑްނީ ބަރާބަރަށް މަސައްކަތްނުކުރާ އިންސާނެއްގެ ބަލި ހާލުގައި ކޮރަޕްޝަނާއި ޚިޔާނާތުގެ "ވައިރަސް" މުޅި ނިޒާމުގެ މައްޗަށް ގަދަވުމުގައި.

– ޒަރިޔަންދު

އޭސީސީގެ މެމްބަރުން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، ކޮމިޝަންގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށްބުނެ، މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުން ވަކި ކުރުމަށް ނިންމައި ތަޅުމަށް ފޮނުވުމުންނެވެ. މަޖިލީހުގެ މިދިޔަ އަހަރުގެ ދައުރު ނިންމައި ޗުއްޓީގައި ތިއްބައި، ދައުރުން ބޭރު ޖަލްސާ ބާއްވައި ވަނީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުނު ގޮތަށް އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުން އެކަށީގެންވާ ޝައުގުވެރިކަމެއް ބުނެ ފާޑުކިޔުންވެސް ސަރުކަރަށް ވަނީ އަމާޒުވެފައެވެ.

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީއެވެ.

ކުރީގެ ސަރުކާރުގައި ނޫފޫޒުގެ ދަށުވެފައިވާ ކަަމަށް ތުހުމަތުކުރި މުއައްސަސާ އަށް ފަހުން އައްޔަންކުރި މެމްބަރުންނާ އެކު، އޭސީސީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރަމުން އަންނަނިކޮށް ތުހުމަތުތަކެއް ކުރުމުގެ އެއް ސަބަބަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާ ތަން ބަލައިނުގަނެވޭ ބަޔަކު ތިބުން ކަމަށް އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *