އިންޑިއާ އައުޓް ހަރަކާތް ހިންގާތީ ރައީސް ޔާމީން ހައްޔަރުކުރަން ޙަސަން ލަޠީފް ގޮވާލައްވައިފި

އިންޑިއާ އައުޓް ހަރަކާތް ހިންގާތީ ރައީސް ޔާމީން ހައްޔަރުކުރަން ޙަސަން ލަޠީފް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2022 09:23
0

ރާއްޖެއާއި އެންމެ އަވަށްޓެރި އިންޑިއާ އާމެދު ނަފްރަތު އުފެދޭގޮތަށް އިންޑިއާ ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ގޮވާލައްވާތީ، އެމަނިކުފާނު ހައްޔަރުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ގޮވާލައްވައިފިއެވެ.

ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ޓީޗަރުންނަށް ބިރުދައްކާ ސްކޫލްތަކުގެ ފާރުގައި އިންޑިއާ ބޭރުކުރުމަށް ގޮވާލާ ޝިއާރުތައް ލިޔަމުން އަންނަކަމަށެވެ. އެކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އެކަމަށް ހިތްވަރުދެއްވަމުން ރައީސް ޔާމީން ގެންދަވާކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށްވެސް ނުރައްކަލާ ދަތިތައް ކުރިަތިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ދިވެހި އާއިލާތަކާމެދު އެއްވެސް ކުލުނެއް ހުރިނަމަ އެ ވާހަތައް ނުދައްކާނެކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ނުރައްކަލާ ކުރިމަތިވަމުން އަންނަކަމަށާއި، އެހެންކަމުން އެމަނިކުފާނު ހައްޔަރުކުރަންޖެހޭކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖެއިން ބޭރުމަށް ގޮވާލާ ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ ހަރަކާތް ދަނީ ރާއްޖޭގައި ފުޅާކުރަމުންނެވެ. ރައީސް ޔާމީން ވަނީ ގޭގޭގެ ފާރުތަކުގައިވެސް އިންޑިއާ އައުޓް ލިޔުމަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން މިކަމަށް ގޮވާލައްވާފައިވަނިކޮށް ށ.ފުނަދޫ ސްކޫލް ފާރުގައިވެސް އިންޑިއާ އައުޓް ލިޔެފައިވާ މައްސަލައެއް ފެންމަތިވެ އެޑިއުކޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިންޑިއާ ޓީޗަރުން ރާއްޖެ ދޫކޮށް ގޮސްދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާޒާދީ
ޒިއްމާ ނަގަން ޖެހޭނީ އިންޑިއާ ވަގު އެގއރީމެންޓް ހަދާ ސޮއިކުރި މީހުންނާ އެމީހުންނަށް ވށގިވެރިވީ އެމްޑީޕީ ބައިގަނޑު