ހޯރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2022 08:50
0

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 11 މަގެއް، ޖުމްލަ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 909,25 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ލެވަލްކޮށް ތާރުއަޅައި ތަރައްޤީކުރުމާއި، 114،11އަ ކަމީޓަރު ސަރަޙެއްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 90.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.