ފުލުހުންނާ ސިފައިން ފެށި އޮޕަރޭޝަނަކީ ގޭންގުތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނެއް!

ފުލުހުންނާ ސިފައިން ފެށި އޮޕަރޭޝަނަކީ ގޭންގުތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނެއް!

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2022 06:35
0

ސިފައިންނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ފެށި އޮޕަރޭޝަނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ފެށި އޮޕަރޭޝަނެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާ އާއި ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނުގައި ވަނީ "ގުޅިގެން" މި ނަމުގައި ރޭ ފެށީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ސިފައިންނާއި ގުޅިގެން ހިންގާ އޮޕަރޭޝަނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބެއްލެވުމިުގެ ދަށުން އުފައްދަވާފައިވާ ގައުމީ ޓާސްކް ފޯހުގެ މަސައްކަތްތައް ތަންފީޒުކުރުމު ފުރަތަމަ މަރުހަލާގެ މަސައްކަތްކަމަށެވެ.

ހަމީދު ވިދާޅުވީ މާލެ ސަރަހައްދުގައި ގޭންގުތައް ޢާންމުކޮށް ތިބޭ ތަންތަނާއި، އެފަދަ ގޭންގުތަކަށް ނިސްބަތްވާ އުޅަންދުތައް މި އޮޕަރޭޝަންގައި މޮނިޓަރ ކުރަމުން ދާނެކަމަށެވެ.

މާލެ ސަރަހައްދުގައި މިފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ، ތޫނު އެއްޗެހި ބޭނުންކޮށްގެން ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕްތަކުން ފަހަކަށް އައިސް ޢަމަލުކުރާކަން ފާހަގަކުރެވޭތީކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ދާދިފަހުން ވިލިމާލެއިން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.