ކުއްލި ހާލަތަކަށް މާލެ ސަރަހައްދު ގެނެވުނު ސަބަބު ސަފުވާންޖެހޭ: ސައީދު

ކުއްލި ހާލަތަކަށް މާލެ ސަރަހައްދު ގެނެވުނު ސަބަބު ސަފުވާންޖެހޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2022 12:32
0

މާލެ ސަރަހައްދުގައި ކުއްލި ގޮތަކަށް ސަލާމަތީ ބާރުތަކުން ފެށި ޚާއްސަ އޮޕަރޭޝަނަކީ ކީއްކުރަން، ކޮން މަޤުސަދަކު ފެށި އޮޕަރޭޝަނެއްކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކުއްލި ގޮތަކަށް ސަލާމަތީ ބާރުތަކުން ފެށި އޮޕަރޭޝަނާއި ގުޅިގެން ސައީދު ވިދާޅުވީ އަތޮޅު ތެރޭގެ އެތައް ރައްޔިތުންނެ މާލެއައިސްފައިވާ މިދުވަސްވަރު ކުއްލި ގޮތަކަށް މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ސަބަބެއް ސާފުވާންޖެހޭކަމަށެވެ. އަދި މިއީ މިހާ ނުރައްކާހުރި ކަމެއްކަމަށް މިކަމުގެ ތަފްސީލް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ސާފުކޮށްދޭންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ އެތައް ރައްޔިތުންނެއް މާލޭގައި ކުއްލިގޮތަކަށް ތާށިވާގޮތައް ސަލާމަތީގޮތުން މިފަދަ ކުއްލިޙާލަތައް މާލެ ތެރެއަށް އަންނަންޖެހުނު ސަބަބު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ސަރުކާރައްގޮވާލަން. އެފަދަ ޙާލަތެއް އޮތްނަމަ މަޖިލިސްގެ ސަލާމަތާއިބެހޭ ކޮމެޓީގެ ސަމާލުކަމަށް ގެނެވެންޖެހޭ.

– ސައީދު ވިދާޅުވިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ މުއައްސަސާއާއި ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ "ގުޅިގެން" މި ނަމުގައި މިއޮޕަރޭޝަން އިއްޔެއިން ފެށިގެން ކުރިއަށް ދާނެކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުންދާއިރު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސަލާމަތީ ބާރުތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އޮޕަރޭޝަން ހިންގަމުންދަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ސަލާމަތީ ބާރުތަކުން ހާމައެއް ނުކުރައްވައެވެ. ދާދިފަހުން ވިލިމާލެއިން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާހޮަޅި
ފިނިފެންމަލުގެ ވަސް މަޑުވުމުން.
ޢ ޢަވާމެނދުރު
ސަބަބަކީ ރާޖެނުރައްކަލުން ސަލާމަތްކުރަން އިދިކޮޅުން މުޒާހިރާކުރާތި