ސްނޯ ތޫފާނެއްގައި ޖެހި، ކާރުތަކުގައި ތާށިވެ، ޕާކިސްތާނުގައި 16 މީހަކު މަރުވެއްޖެ

ސްނޯ ތޫފާނެއްގައި ޖެހި، ކާރުތަކުގައި ތާށިވެ، ޕާކިސްތާނުގައި 16 މީހަކު މަރުވެއްޖެ

Author
ހުސެއިން
08 ޖެނުއަރީ 2022 03:00
0

ޕާކިސްތާނުގައި އެތައް ހާސް ބަޔަކު، އެގައުމުގެ ފަރުބަދަމަތީ ސިޓީއެއް ކަމުގައިވާ މުއްރީއަށް ދަތުރު ކުރަމުން ދަނިކޮށް، ދަތުރު ކުރަމުންދިޔަ އެއްގަު އުޅަދުތައް ސްނޯ ތޫފާނެއްގައި ތާށިވެ، 16 މީހަކު މަރުވެއްޖެ ކަމަށް ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ.

އިންޓީރިއަރ މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި ޝެއިޚް ރާޝިދު ވިދާޅުވެފައިވާ ގޮތުގައި، ޕާކިސްތާނުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ މި ސްނޯ ތޫފާންގައި، އެއްގަމު އުޅަދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. "މަދުވެގެން 16 ނުވަތަ 19 މިހަކު ވަނި އެމީހުންގެ އެއްގަމު އުޅަދުގައި މަރުވެފައި."

ފުލުހުންގެ ފަރާތުން ބުނެފައިވާ ގޮތުގައި، ޕާކިސްތާނުގައި ގުދުރަތީ ރީތިކަން އެކުލެވިފައިވާ ސިޓީއެއް ކަމުގައިވާ މުއްރީއަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާ ޚިލާފަށް ބޯކޮށް ސްނީ ވެހުމާއި ގުޅިގެން 100،000 އަށްވުރެ އެއްގަމު އުޅަދުވަނ ީއެސިޓީއަށް ވަދެ ނިކުމެ ހަދާފައެވެ. ނަތީޖާއެއްގެ ގޮތުން މިސިޓީއަށް ދާން އޮންނަ މަގުތަކުގައި ކާރޫބާރޫ ބޮޑުވެ، މި މަގުތަށް އާދަޔާ ޚިލާފަށް ތޮށްޖެހިފައިވާ ކަމުގައި ޕާކިސްތާނުގެ ފުލުހުން ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އިރު އުތުރުން 70 ކިލޯ މީޓަރު ދުރުގައި އޮންނަ މުއްރީ ސިޓީއަކީ، ޕާކިސްތާނުގެ އިސްލާމްއާބާދުން މީހުން ކޮންމެ ދުވަހަކުވެސް އާންމު ގޮތެއްގައި ގޮސްއައިސް ހަދާ ސިޓީއެކެވެ.

ޕާކިސްތާންގެ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މުއްރީ ސިޓީ މިހާރުވަނީ "ކާރިސާގެ ސަރަހައްދެއްގެ" ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ސަރައްދަށް ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.