ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އޭސީސީގެ މެމްބަރުކަމަށް ހުޅުވާލައިފި

ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އޭސީސީގެ މެމްބަރުކަމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2022 12:47
0

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީއެވެ.

މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ މެމްބަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތުދީ އެއަށްފަހު މެމްބަރުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށެވެ.

އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން މެމްބަރުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.