"ދަރަކަ"ގެ ޕޯސްޓަރު ދައްކާލައިފި

"ދަރަކަ"ގެ ޕޯސްޓަރު ދައްކާލައިފި

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2022 12:02
0

އިލްޔާސް ވަހީދު(އިއްލެ) އާއި އާސިމް އަލީ ގުޅިގެން ކަޒްމިކް އިންޓަނޭޝަނަލްގެ ފަރާތުން ގެނެސްދޭ "ދަރަކަ"ގެ މެއިން ޕޯސްޓަރާ ކެރެކްޓަރ ޕޯސްޓަރުތައް އާއްމުކޮށްފިއެވެ.

ކްރައިމް ތްރިލާއެއްގެ މައްޗަށް ހަދާފައިވާ މި ސީރީޒަކީ 8 އެޕިސޯޑުގެ މައްޗަށް އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

"ދަރަކަ" ސީރީޒްގެ މައިގަނޑު ކާސްޓުންގެ ޕޯސްޓަރުތައް އާއްމުކުރިއިރު ވާޝިޔާ، އިފްނާޒް އަދި "ގަމިނި" ސީރީޒުން އޯޑިއަންސް ހަައިރާންކޮށްލި ސޫޒަން އިބްރާހިމްފުޅު ހިމެނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ "ދަރަކަ"ގެ ޓީޒާ ވެސް އާންމުކޮށްފައެވެ. ޓީޒާ ޓްރެއިލާރ އިން އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާޤް، ވާޝިޔާ، ޢާއިޝަތު ޢަލީ، ދޮނާ، އަފްރާހް،ގެ އިތުރުން ސޫޒަން ފެނިގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.