ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5″ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، ފެނިފައިވާކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުގައިކަމަށާއި މިހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ. pic.twitter.com/g2UVQ2tnqf
— Maldives National Defence Force (@MNDF_Official) January 4, 2022
މި ދޯނީގައި ދަތުރުކުރަމުން އައީ 3 މީހުންކަމަށާއި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.