"ތިޔަ ސޫރަ"އިން ތުރުކީގެ ރީތިކަން، ބެލުންތެރިން ބަލައިގެންފި

"ތިޔަ ސޫރަ"އިން ތުރުކީގެ ރީތިކަން، ބެލުންތެރިން ބަލައިގެންފި

އަހަރުގެ ފުރަތަމަ ދުވަސް ކަމުގައިވާ 1 ޖެނުއަރީ 2022ގައި ރިލީޒް ކުރި ލަވަ "ތިޔަ ސޫރަ" އަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިއްޖެވެ.

ހަފްތާއެއް ކުރިން ވަނީ މި ލަވައިގެ ޓްރެއިލާވެސް ދޫކޮށްލާފައެވެ. ޓްރެއިލާ ބެލުމަށް ފަހު ލަވައިގައި އިންތިޒާރުގައި ކެތްމަދުވެފައި ތިބި ގިނަބަޔަކަށް މިވަނީ އުފާވެރިކަން ލިބިފައެވެ.

މިއީ ތުރުކީގެ ރީތި ރީތިކަން ވަތަށްވެސް ފުރިހަމައަށް ދައްކުވައިދިން ލަވައެކެވެ. މި ލަވައިން ފެނިގެން ދަނީ  ފެޝަން ޑިޒައިނަރ/ ނެށުންތެރިއާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި އަރަމުން އަންނަ ބަތަލާ ފާތުމަތު ޝަރާއެވެ.

ތުރުކީ ވިލާތަކީ ދިވެހިންގެ މެދުގައި ފަހަކަށްއައިސް ވަަރަށް މަގުބޫލު ހޮލިޑޭ ޑެސްޓިނޭޝަނެކެވެ.

ރީތި ކޮސްޓިއުމު ތަކެއް ވެސް ފެނިގެންދިޔަ މި ލަވަ ކިޔައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި ކުޅަދާނަ ޒުވާން ލަވަކިއުންތެރިޔާ އައިޝަތު ޖޫނީ ޖިނާހެވެ.

ލަވައިގެ ޅެމާއި ރާގަކީވެސް ތޭރަގެ މަސައްކަތެވެ. މިއުޒިކް ހަދައިދީފައި ވަނީ ޙުސައިން ތަޢުފީޤެވެ. ޙަސަން އާދަމް ޑައިރެކްޓްކޮށްފައިވާ މި ލަވައިގެ ސިނެމެޓޮގްރަފީ ހެދީ ވިޝާލް ޢާމިރު އަޙްމަދެވެ.

މި ލަވައަށް އަންނަނީ އާންމުންގެ ބޮޑު މަގުބޫ ކަމެއް ލިބެމުންނެވެ. އެގޮތުން ލަވަ ބެލުންތެރިންނަށް ދޫކޮށްލިތާ 24 ގަޑީރުގެ ތެރޭ، ހަމައެކަނި ޔޫޓިއުބުންވެސް 25000 އަށްވުރެ ގިނަ މީހުން ވަނީ ލަވަ ބަލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *