އާއަހަރަކާއި ކުރިމަތިލާފައިވާއިރު، ހއ.މުރައިދޫ ރައްޔިތުންނަށް ލިބުނު އުފާވެރި ޚަބަރަކީ އެރަށުގެ ލަފާފުރުމަށް ދިމާވެފައިވާ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވުމެވެ.
އެމްޓީސީސީން ވަނީ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 50 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓްޖަހާ، 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި 9 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
We have mobilized the Design & Build of Ha. Muraidhoo Harbor Upgrading project site on 01st Jan 2022. Scope of works include construction of a 212m L-section quay wall, 105m revetment, 50m groynes & a 514m breakwater. The value of the project is MVR 33.72 million. #MTCCProjects pic.twitter.com/9FhPgLVK0P
— MTCC Plc (@MTCCPlc) January 1, 2022
މީގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.
މުރައިދޫ ބަނދަރުގެ މަސައްކަތަށް 33.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. އާބާދީގައި ގާތްގަނޑަކަށް 450 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މުރައިދޫއަކީ ޒަމާނީ ބަނދަރެއް ނެތުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.
ކޮމެންޓު ފޮނުވާ