އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށް ކޮމިޝަންގެ މެމްބަރުން މަޤާމުން އިސްތިއުފާ ދީފިއެވެ.
އޭސީސީގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަނީ މިއަދު އިސްތިއުފާގެ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
އޭސީސީގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަނީ މިއަދު އިސްތިއުފާގެ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ މެމްބަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތުދިނުމަށްފަހު އިއްޔެ މެމްބަރުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށެވެ.
އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން މެމްބަރުން ވަނީ އިއްޔެ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.
އޭސިސީގެ މެމްބަރުން ވަކި ކުރުމާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ އޭސީސީއަށް އައު މެންބަރުން ލެއްވިތާ 2 އަހަރާއި ބައި ފާއިތުވެގެން ދިޔައިރު ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށެވެ. އެގޮތުން 9 ފަހަރެއްގެ މަތިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމުން، އެ ކޮމިޝަންގެ މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތުތަކާއި މައްސަލަތައް ކޮމިޓީއާއި ހިއްސާކުރި ނަމަވެސް ކޮމިޓީން އެ މައްސަލަތައް ނިންމަންދިން މުއްދަތުގައިވެސް އެކަށީގެންވާ ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައިނުވާ ކަމަށް ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.
އޭސީސީގައި މިހާރު ތިއްބެވި ތިން މެންބަރުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ތިން މެންބަރުންނަކީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ. އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށް އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފްއެވެ. އަދި މިއަދު ކޮމިޝަންގެ ބާކީ ތިއްބެވި ތިން މެމްބަރުން މިވަނީ އިސްތިއުފާ ދީފައެވެ.
ކޮމެންޓު ފޮނުވާ