ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑޮނޭޝިއާއާއެކު އެއްބަސްވުމަކަށް

ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑޮނޭޝިއާއާއެކު އެއްބަސްވުމަކަށް

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2021 01:55
0

ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތާއި ދެމެދު، "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ސޮއިކުރި މިއެއްބްސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސައިކިންއެވެ. މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއަރ، ސެކަންޑަރީ ކެއަރ، ހެލްތު ރެޖިލިއެންސް، ހެލްތު ފިނޭންސިންގ، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެޤައުމުގެ ޞިއްޙީދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. އަދި މީގެ އިތުރުން ޞިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.