ރާއްޖޭގެ ހަގީގީ މިނިވަންކަމަށް އިންޑިއާއަކީ މުހިންމު ޤައުމެއްކަމަށް އެމްޑީޕީގެ ޗެއރަޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ޙަސަން މިހެން ވިދާޅުވެފައިމިވަނީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓާއެކު ރައީސް ޔާމީން އިއްޔެ ގުރައިދޫއަށް ވަޑައިގަތުމުންނެވެ. ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. ރައީސް ޔާމީން އިންޑިއާ އައުޓް ޓީޝާޓާއެކު ރައީސް ޔާމީން ފެނިވަޑައިގަތުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޙަސަން ލަޠީފް ވިދާޅުވީ، މަސްތުވާތަކެއްޗާ އިންސާނީވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއްކަމަށެވެ. އަދި މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއްކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ އިންސާނީވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް. މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއް pic.twitter.com/oU5SZVCgij
— Hassan Latheef???? (@HassanLatheef) December 17, 2021
މިމަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކ.ގާފަރުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ކަނޑު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުއްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމުގައެވެ. މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގައެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުޢާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ