"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަނީ

"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަނީ

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 03:31
0

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފައިވަނީ "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައެވެ. މިހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުޙައްމަދު ޔާސީނަށެވެ.

މިހާރުވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގައި މެންބަރުންގެ އަދަދު އެންމެފަހުން ހާމަކޮށްފައިވާއިރު ރާއްޖޭގައި މިވަގުތު އޮތީ 11 ސިޔާސީ ޕާޓީއެެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 51720 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37284 މެންބަރުން އެބަތިއްބެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އަދި ޤާނޫނުގައި ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭވަރަށް މެންބަރުން ހަމަވަނީ ތިން ޕާޓީއެއްގައި އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.