އޭސީސީގައި ހުރި ވައްކަމުގެ މައްސަލަތައް ލަސްވުމަކީ ކޮންބޮޑުވުމެއް: ނިހާދު

އޭސީސީގައި ހުރި ވައްކަމުގެ މައްސަލަތައް ލަސްވުމަކީ ކޮންބޮޑުވުމެއް: ނިހާދު

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 12:30
0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ހުރި ވައްކަމުގެ މައްސަލަތައް ނުބަލައި ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ އެމެމްބަރުން މަޤާމުން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީންވެސް ވަނީ ނިންމާފައެވެ.

އޭސީސީން މައްސަލަތައް ނުބެލި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ނިހާދު ވިދާޅުވީ އޭސީސީގައި، ގިނަ އަދަދަކަށް ވައްކަމުގެ މައްސަލަތައް ނުބެލި ލަސްވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. މައްސަލަތައް ބެލުމުގައި ވަކި މީހަކަށް ބެލުމެއްނެތި އިންސާފުވެރިކަމާއިއެކު މައްސަލަތައް ބަލައި ނިންމަން ޖެހޭކަމަށް ނިހާދު ވިދާޅުވިއެވެ.

އޭސީސީގައި ހުރި ވައްކަމުގެ މައްސަލަތައް ބެލުން ލަސްވެ އިންސާފު ލިބުމަށް ހުރަސް އެޅެމުންދާތީ ޤައުމާއި ރައްޔިތުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑު! މުއިއްޒުގެ ވެސް އޮތް މައްސަލައެއްނަމަ އަވަހަށް ނިންމާލަ ދެއްވާ! އޭރަށްދޯ މުއިއްޒުއަށްވެސް ހަމަ ނޭވާލެވިގެން އުޅެވޭނީ.

– ނިހާދު ވިދާޅުވިއެވެ.

ކޮމެޓީން ވަނީ އޭސީސީގެ 5 މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީއަށް ޖަވާބު ދާރީ ކުރުމަށް ތާވަލްކޮށްފައެވެ. އަދި އެއަށްފަހު މެމްބަރުންނަށް ތާއީދު ނެތްކަމަށްވާނަމަ އޭސީސީގެ މެމްބަރުން ވަކި ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.