އަލަށް ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަލަށް ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 02:38
0

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ރާއްޖެ ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

މިފަހަރު ގެނައި އެމްބިއުލާންސްތައްވެސް ފޮނުވުމަށް ހަމަޖެހިފައިވަނީ މި ދަނޑިވަޅަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށެވެ. މިއާއެކު ޖުމުލަ 40 އެމްބިއުލާންސް މިހާތަނަށް ރަށްރަށަށްވަނީ ފޮނުވާފައެވެ.

20 އެމްބިއުލާންސްތައް ފޮނުވާ ރަށްތައް:

ހދ.ކުމުންދޫ
ށ.ބިލެތްފެހި
ށ.ނަރުދޫ
ނ.ފޮއްދޫ
ކ.ކުޑަފަރީ
ބ.ކެންދޫ
އއ.މަތިވެރި
އއ.ބޮޑުފުޅުދޫ
އދ.މަންދޫ
އދ.ފެންފުށި
މ.ދިއްގަރު
މ.ކޮޅުފުށި
ފ.ފީއަލި
ތ.މަންދޫ
ތ.ބުރުނީ
ތ.ދިޔަމިނގިލި
ލ.ކުނަހަންދޫ
ގއ.ކޮލަމާފުށި
ގއ.ނިލަންދޫ
ގދ.ރަތަފަންދޫ

އެސްޓީއޯއިން ވިދާޅުވީ ބާކީ ނުގެނެވިވާ 56 އެމްބިއުލާންސްތައްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެސްޓީއޯއިން ރާއްޖެއަށް އެމްބިއުލާންސްތައް ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަނީ ހިލެއެވެ. އަދި އެސްޓީއޯއިން ރާއްޖެ ގެންނަ މި އެމްބިއުލާންސްތަކަކީ މުޅިން އަލަށް ތައްޔާރުކޮށްގެން ގެންނަ އެމްބިއުލާންސްތަކެކެވެ.

އެމްބިއުލާންސް ނެތް ރަށްތަކަށާއި އެމްބިއުލާންސް ހަލާކުވެފައިވާ ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ސަރުކާރުންވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށްޓަކައި އެސްޓީއޯއަށް ހަވާލުކުރީ މިއަހަރުގެ ޖޫންމަހުގެ 10 ވަނަ ދުވަހުއެވެ. މި އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޝިޕްމަންޓް ގެނެސްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.